ކޯވިޑް-19: އިޓަލީގައި ހުކުރު ދުވަހު އެކަނި 627 މަރު

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނައިރު ހުކުރު ދުވަހު އެކަނި އިޓަލީން މި ވައިރަހުގައި 627 މީހަކު މަރުވެއްޖެއެވެ. މިއީ މި ވައިރަހުގައި އެއް ދުވަހުގެ ތެރޭގަ...

20 Mar 2020 | 20:42

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނައިރު ހުކުރު ދުވަހު އެކަނި އިޓަލީން މި ވައިރަހުގައި 627 މީހަކު މަރުވެއްޖެއެވެ.

މިއީ މި ވައިރަހުގައި އެއް ދުވަހުގެ ތެރޭގައި އިޓަލީން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެއް ދުވަހުގެ ތެރޭގައި ޗައިނާއިންވެސް މިހާ ގިނަ މީހުން މަރުވެފައެއް ނުވެއެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމަކީ ޗައިނާ ނަމަވެސް އިޓަލީން މި ވައިރަހުގައި މަރުވި މީހުންގެ އަދަދުވެސް މިހާރު މިވަނީ ޗައިނާއަށްވުރެ މައްޗަށް ގޮސްފައެވެ. މި އަދަދާއެކު މިހާތަނަށް އިޓަލީން މަރުވި މީހުންގެ އަދަދު މިވަނީ 4032 އަށް އަރާފައެވެ.

ޗައިނާއާއި އިޓަލީގެ އިތުރުން މި ވައިރަސް ދެން އެންމެ ބޮޑަށް ފެތުރެމުން އަންނަނީ އީރާނާއި ސްޕޭނުގައެވެ. ރާއްޖެއިންވެސް މި ވައިރަސް ފެނިފައިވާއިރު ރާއްޖޭގައި މި ވައިރަހަށް 13 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކު މިހާރު ރަނގަޅުވެފައިވާއިރު މި ވައިރަހުން ސަލާމަތްވުމަށް ރާއްޖެއިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް