ޑީސަލާއި ޕެޓްރޯލްގެ އަގު އެސްޓީއޯއިން ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކަމުން އަންނަ ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ. އެގޮތުން ޑީސަލް ލީޓަރަކުން 1 ރުފިޔާ 68 ލާރި ހެޔޮކޮށްފައިވާއިރު ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ 53 ލާރި ވަނީ ހެޔޮކ...

20 Mar 2020 | 20:13

އެސްޓީއޯއިން ވިއްކަމުން އަންނަ ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.

އެގޮތުން ޑީސަލް ލީޓަރަކުން 1 ރުފިޔާ 68 ލާރި ހެޔޮކޮށްފައިވާއިރު ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ 53 ލާރި ވަނީ ހެޔޮކޮށްފައެވެ.

މިއަދާއި ހަމައަށް އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކަމުންގޮސްފައިވަނީ 10 ރުފިޔާ 39 ލާރިއަށެވެ. އަގު މިއަދުން ފެށިގެން ހެޔޮ ކުރުމާއެކު ޑީސަލް ލީޓަރެއް މިހާރު އަށް ރުފިޔާ 71 ލާރިއަށް ލިބޭނެއެވެ.

ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 9 ރުފިޔާ 60 ލާރިއަށެވެ. އަގު މިއަދުން ފެށިގެން ހެޔޮކުރުމުން ޕެޓްރޯލް ލީޓަރެއް މިހާރު 8 ރުފިޔާ 07 ލާރިއަށް ލިބޭނެއެވެ.

މި މަހުގެ ތެރޭގައި އެސްޓީޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކުރި މިއީ ދެވަނަ ފަހަރެވެ.

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފައިވާ މި ދަނޑިވަޅަކީ ކޯވިޑް-19ގެ ސަބަބުން އާންމު ފަރުދުންގެ މާލީ ހާލަތަށް ހީނަރުކަން އަތުވެދާނެ ކަމަށް އަންދާޒާ ކުރެވޭ ވަގުތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް