އެމްޕީއެލުން އެންމެ ގިނައިން ކްލިއަރކުރީ ކުކުޅު ބިސް

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދެ ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ކުކުޅު ބިސް ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރޯދަ...

21 Feb 2026 | 09:10
އެމްޕީއެލުން މުދާ ކްލިއަރ ކުރަނީ /ފޮޓޯ: އެމްޕީއެލް

އެމްޕީއެލުން މުދާ ކްލިއަރ ކުރަނީ /ފޮޓޯ: އެމްޕީއެލް

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދެ ދުވަހު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެންމެ ގިނައިން

ކްލިއަރކޮށްފައިވަނީ ކުކުޅު ބިސް ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން

ދައްކައިފިއެވެ.

ރޯދަމަހާ ދިމާކޮށް ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ

ކާބޯތަކެތި ކްލިއަރކުރާ މިންވަރު އެމްޕީއެލުން އަންނަނީ ކޮންމެ ދުވަހަކުވެސް

އާންމުކުރަމުންނެވެ.

އެމްޕީއެލުން ހާމަކޮށްފައިވާ ގޮތުގައި، ރޯދަމަހުގެ ދެވަނަ

ދުވަހު އެކަނިވެސް ކޮންޓެއިނަރާއި ވަކިވަކި ކޮންސައިމަންޓު ހިމެނޭހެން ޖުމްލަ

3,260 ޓަނުގެ ތަކެތި ވަނީ ކްލިއަރކޮށްފައެވެ. މީގެ ތެރޭގައި 167

ކޮންސައިންމެންޓުގެ މުދާ ހިމެނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރޯދައިގެ

ފުރަތަމަ ދުވަހެކޭ އެއްފަދައިން ދެވަނަ ދުވަހުވެސް އެންމެ ގިނައިން ނެރެފައިވަނީ

ކުކުޅު ބިހެވެ. އެގޮތުން ދެވަނަ ދުވަހު އެކަނި ވެސް 3،568 ބިސް ކޭސް ވަނީ ކްލިއަރކޮށްފައެވެ.

ކްލިއަރކުރި މައިގަނޑު ބާވަތްތައް

އެމްޕީއެލުން ކްލިއަރކުރި އަވަހަށް ހަލާކުވާ ޒާތުގެ

އެހެނިހެން ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ:

. 3،658 ބިސް ކޭސް

. 2،165 ފިޔާ ބަސްތާ

. 1،224 ޓޮމާޓޯ ބަސްތާ

. 926 އަލުވި ބަސްތާ

. 792 އަލަނާސި ބަސްތާ

. 600 ކަރާ ބަސްތާ

. 224 ދޮންކެޔޮ

ގަނޑު

. 556 ބަސްތާގެ ކެބެޖު

. 170 ބަސްތާ މެލަން

. 122 ބަސްތާގެ ބަރަބޯ

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް

ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ

ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް

ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، އަވަހަށް

ހަލާކުވާ ޒާތުގެ މުދާ ވީހާވެސް އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު

ހަމަޖެއްސުމަށްޓަކައި އެ ކުންފުނިން ވަނީ 3,000 އަކަފޫޓުގެ ޚާއްޞަ ޝެޑެއްވެސް

ޤާއިމްކޮށްފައެވެ.

އެމްޕީއެލުން ވިދާޅުވީ، މި ޝެޑް ހެދުމުގެ މައިގަނޑު

މަގުސަދަކީ "އަވަހަށް ހަލާކުވާ ޒާތުގެ މުދާ މާލެ ސަރަހައްދުގެ

ބަނދަރުން ވީހާވެސް އަވަހަށް ނެރެވޭނެ މަގު ފަހިކޮށްދިނުން" ކަމަށެވެ. މީގެ ސަބަބުން ބާޒާރުގައި މުދާ ލިބުން ތަދުވިޔަ ނުދީ

ހިފެހެއްޓުމަށާއި، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށް

އެ ކުންފުނިން އުންމީދު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް