ރާއްޖޭގައި މިހާތަނަށް ކޮވިޝީލް ވެކްސިން ދިން އަދަދު 75 ހާހަށް އަރައިފިއެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ވެކްސިން ދީފައިވަނީ 5004 މީހަކަށެވެ. އެއީ މާލެ ސަރަހައްދުން 3310 މީހަކަށް އަދި ރަށްރަށުން 1694 މީހަކަށެވެ.
މިއާއެކު މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު މިވަނީ 75013 އަށް އަރާފައެވެ. މިހާތަނަށް މާލެ ސަރަހައްދުން ޖުމްލަ 56979 މީހަކަށް ވެކްސިން ދީފައިވާއިރު ރަށް ރަށުން ޖުމްލަ 18034 މީހަކަށް މިވަނީ ވެކްސިން ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް