އަދަދު މަދެއް ނުވޭ، މިއަދުވެސް 157 މީހަކު ކޮވިޑަށް ޕޮޒިޓިވް

މިއަދު ރާއްޖެއިން ކޮވިޑަށް 157 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި 157 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެން 103 މީހަކު ޕޮޒިޓިވް ވެފައިވަ...

21 Feb 2021 | 17:09

މިއަދު ރާއްޖެއިން ކޮވިޑަށް 157 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި 157 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެން 103 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށް ރަށުން އިތުރު 20 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ރިސޯޓްތަކުން އިތުރު 34 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މިއަދު 157 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވީ ޖުމްލަ އަދަދު މިވަނީ 157 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2506ގައި ހުރި އިރު އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދަކީ 162 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް