މިއީ ފިރިންނަށް ކޮންމެހެންވެސް ކޮށްދޭންޖެހޭ ކަންތައްތައް

ފިރިމީހާއަށް ޤަދުރުކޮށް އިޙްތިރާމް ކުރުން މުހިންމު ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ. الرِّجَالُ قَوَّامُونَ عَلَى النِّسَاءِ– النساء: ٣٤ “ފިރިހެނުންނަކީ އަންހެނުން އިސ...

21 Feb 2021 | 15:19

ފިރިމީހާއަށް ޤަދުރުކޮށް އިޙްތިރާމް ކުރުން މުހިންމު

ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

الرِّجَالُ قَوَّامُونَ عَلَى النِّسَاءِ– النساء: ٣٤

“ފިރިހެނުންނަކީ އަންހެނުން އިސްލާމްދީންގެ ތެދުމަގަށް ސީދާކޮށް ބަރާބަރުކުރާ މީހުންނެވެ.”

އަންހެނުންގެ ނިސްބަތުގައި ފިރިހެނުންގެ ޤަދަރު ބޮޑުކަމާއި އަދި މާތްކަން ބަޔާން ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

“لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لأَحَدٍ لأَ مَرْتُ النِّسَاءَ أَنْ يَسْجُدْنَ لأَزْوَاجِهِنَّ لِمَا جَعَلَ اللَّهُ لَهُمْ عَلَيْهِنَّ مِن الْحَقِّ”

(އަބޫދާއޫދު 2126)

މާނައީ : “އެއްވެސް މީހަކު މީހަކަށް ސަޖިދަ ކުރާން ތިމަންކަލޭގެފާނު އަމުރު ކުރައްވާނެނަމަ އަނބީން އެކަނބަލުންގެ ފިރިންނަށް ސަޖިދަކުރާން އެންގެވީމުހެވެ. އެއީ ފިރިންނަށްޓަކައި އެކަނބަލުންގެ މައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ގިނަގުނަ ޙައްޤުގެ ސަބަބުންނެވެ.”

ރަސޫލުﷲ  ޞައްލަﷲ ޢަލައިވަސައްލަމްގެ އެހެން ހަދީޘެއްގައި ވެއެވެ.

‘لاَ تَصُومُ الْمَرْأَةُ وَبَعْلُهَا شَاهِدٌ إِلاَّ بِإِذْنِهِ”

(ޞަޙީޙުލް ބުޚާރީ 5192)

މާނައީ: “ފިރިމީހާ (ތަނަކަށް ނުގޮސް ) ޙާޒިރުވެ ހުއްޓާ އޭނާގެ ހުއްދައެއްނެތި އަނބިމީހާ (ސުންނަތް) ރޯދަ ނުހިފާހުށިކަމެވެ”.

ފިރިންނަށް ޤަދަރު ކުރުމުގެ ގޮތުން އަނބިން ފަރުވާތެރިވާންވީ ވަރަށްގިން ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި އިސްވެދިޔަ ކަންކަމުގެ އިތުރުން, ފިރިމީހާގެ ކުރިމަތީ ބާރަށް އެއްޗެތި ނުބުނުންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް