ޕޮލޭންޑްގެ ގައުމީ އެއާލައިން ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.
އެއެއާލައިނުން ރާއްޖެއަށް އަދި ކުރަން ހަމަޖެހިފައިވަނީ ޗާޓާޑް ދަތުރުތަކެކެވެ. މި ދަތުރުތައް މިދިޔަ ހުކުރު ދުވަހު ފެށުމަށް ކުރި ފުރަތަމަ ދަތުރުގައި 294 މީހުން އައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހުކުރު ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހަފްތާއަކު ފަސް ދަތުރު ކުރާނެ ކަމަށެވެ. އަދި
އޭޕްރިލް މަހުގައިވެސް ޗާޓާޑް ދަތުރުތަކެއް ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއެއާލައިންގެ އިތުރުން ޓޫރިޒަމްގެ ޕީކް ދުވަސްވަރާއި ދިމާކޮށް ރަޝިއާގެ އަޒުރު އެއާއިންވެސް ދަނީ ރާއްޖެއަށް ޗާޓާޑް ދަތުރުތައް އަލުން ކުރަމުންނެވެ. އެއާލައިނުން ރާއްޖެއަށް ބާއްވަނީ ހަފްތާއަކު އެއް ދަތުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް