މާދަރީ ބަހުގެ ދުވަސް ލ.އަތޮޅު ތައުލީމީ މަރުކަޒުގައި ފާހަގަކޮށްފި

ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ލ.އަތޮޅު ތައުލީމީމަރުކަޒުގައި ކުލަގަދަކޮށް މިއަދު ފާހަގަ ކޮށްފިއެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލް އަގްވާމީ މާދަރީ ބަހުގެ ދުވަސްކަ...

21 Feb 2021 | 14:48

ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ލ.އަތޮޅު ތައުލީމީމަރުކަޒުގައި ކުލަގަދަކޮށް މިއަދު ފާހަގަ ކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލް އަގްވާމީ މާދަރީ ބަހުގެ ދުވަސްކަމުގައި ޔުނެސްކޯގެ އިންސާނީ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމުގެ ކޮންފަރެންސްއިން 1999 ވަނަ އަހަރު ނިންމުމަށް ފަހު އެދުވަސް މުޅި ދުނިޔޭގައިވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.

ފޮނަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ފާހަގަ ކުރި މާދަރީ ބަހުގެ ދުވަހު އެ ސްކޫލުގެ ގިނަ ދަރިވަރުން ފެންނިގެން ގޮސްފައިވަނީ ދިވެހިވަންތަ ގައުމީ ހެދުމުގައެވެ.

މާދަރީބަހަކީ ކޮންމެ ބައެއް ވެސް އާންމު ކޮށް ވާހަކަ ދައްކާއުޅޭ ބަހެވެ. މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އެބަޔެއްގެ އަމިއްލަ ބަސް ރައްކާތެރިކުރުމާ މާދަރީބަހަށް ލޯތްބާއި ގަދަރު ދިނުމެވެ.  މިދުވަސް ފާހަގަ ކުރަނީ މީގެ ގާތްގަނޑަކަށް ފަސްދޮޅަސް ހަތް އަހަރު ކުރިން ބަންގާޅު ރައްޔިތުން އެމީހުންގެ މާދަރީބަސް ރައްކާތެރި ކުރުމަށް ވެފައިވާ ގުރުބާނީއާ ގުޅުވައިގެންނެވެ.

ބަންގްދަލޭޝް ނުވަތަ ބަންގާޅަށް ވަކި ގައުމެއްގެ ގޮތުގައި މިނިވަންކަން ލިބުނީ މި ގުރުބާނީ ނުވަތަ މިހަނގުރާމަ އަށްފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް