ތިން ފުޅީގެ މަޔޮނައިޒް ކޭ މީހާގެ ވާހަކަ އަޑުއެހިންތަ؟

އާއްމުގޮތެއްގައި މީހުން އެކީއެކައްޗަކަށް ކައި އުޅެނީ ޗޮކްލެޓް ކަހަލަ އެއްޗިއްސެވެ. ނޫނީ ލުއި ކާނާއެވެ. އެފަދަ އެއްޗެއްނަމަ ކިތައްމެ ބައިވަރެއް ވެސް ކެވެއެވެ. ނަމަވެސް މައޮނައިޒް ފަދަ އެއްޗެއް ގިނަ އަދ...

21 Feb 2021 | 11:55

އާއްމުގޮތެއްގައި މީހުން އެކީއެކައްޗަކަށް ކައި އުޅެނީ ޗޮކްލެޓް ކަހަލަ އެއްޗިއްސެވެ. ނޫނީ ލުއި ކާނާއެވެ. އެފަދަ އެއްޗެއްނަމަ ކިތައްމެ ބައިވަރެއް ވެސް ކެވެއެވެ. ނަމަވެސް މައޮނައިޒް ފަދަ އެއްޗެއް ގިނަ އަދަދަކަށް ކެއުމަކީ މީހުން އާއްމުކޮށް ކޮށްއުޅޭ ކަމެއް ނޫނެވެ.

މިޝަލީ ނަމަކަށް ކިޔާ އަންހެނަކު ވަނީ 2448 ގްރާމްގެ މަޔޮނައިޒަ ކައިފައެވެ. އެއީ ތިން ފުޅި އާއި ބައި މަޔޮނައިޒް އެވެ. މީނާ މަޔޮނައިޒް ކެއީ ވޯލްޑް ރެކޯޑް ހަދާށެވެ. މިޝަލީ ވަނީ މީގެ ކުރިންވެސް ކެއުމުން ދުނިޔޭގެ ރެކޯޑް ހަދާފައެވެ.

ވޯލްޑް ރެކޯޑް ހެދުމަށް އެކި މީހުން އެކި ކަންތައް ކުރަމުން ދާއިރު، ތަފާތު އެއްޗެހި ކެއުމުން ވެސް ގިނަ ބަޔަކު ދަނީ ރެކޯޑް ހަދަމުންނެވެ. އެގޮތުން އަވަހަށް ކައިގެންނާއި ކުޅިކޮށް ކައިގެން ވެސް މީހުން ރެކޯޑް ހަދައެވެ. އެފަދަ ކަންކަމަކީ ގިނަ ދުވަހުން، އެކަމަށް ތައްޔާރުވެ ޕްރެކްޓިސް ކޮށްގެން ކުރެވޭނެ ކަންތައްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް