ބަދިގޭގަ މިތަކެތި އެއްގޮތަކަށްވެސް ނުބަހައްޓާތި

ޕްލާސްޓިކް ފުޅީގައި އެކުލެވޭ ނުރައްކާތެރި ކެމިކަލްއެއްގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދެރަކޮށްލައެވެ. މީގެ އިތުރުންވެސް ހޫނުކޯށް ހުންނަ ކާތަކެތި ޕްލާސްޓިކް ކޮންޓެއިނާ ތަކަށް އެ...

21 Feb 2021 | 08:44

ޕްލާސްޓިކް ފުޅީގައި އެކުލެވޭ ނުރައްކާތެރި ކެމިކަލްއެއްގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދެރަކޮށްލައެވެ. މީގެ އިތުރުންވެސް ހޫނުކޯށް ހުންނަ ކާތަކެތި ޕްލާސްޓިކް ކޮންޓެއިނާ ތަކަށް އެޅުމުން އޭގެން ބޭރުކޮށްލާ ޓިކްސިންސްގެ ސަބަބުން އޮބެސިޓީއަށް މަގުފައިވެއެވެ.

ތަތްނުލަވާ ޒާތުގެ ތެލި އަދި ތަވާ

ދިރާސާތަކުން ދައްކާގޮތުގައި 90 އިންސައްތަ މީހުން ބޭނުންކުރަމުންދާ ނޮން ސޮޓިކް ކުކްވެއަ ތަކަކީ އޭގެން ނުހަނު ގެއްލުން ލިބޭ ބާވަތްތަކެވެ. އެގޮތުން މިފަދަ ތަކޭތީގައި ކައްކައިގެން ކެއުމުން ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

އެލްމިނިއަމް ފޮއިލް

ދިރާސާތަކުން ދައްކާގޮތުގައި ފޮއިލްގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތީގައި އެންމެ މަދުވެގެންވެސް 2 އަދި 5 އާ ދެމެދުގެ އެލްމިނިއަމް އެކުލެވޭ ކަމަށެވެ. ނޭންގުމުގެ ތެރޭގައިވެސް ހަށިގަނޑަށް މި އިތުރުވާ ޒިންކްގެ ސަބަބުން ސިކުނޑިއަށް ނުހަނު ގެއްލުންވެއެވެ.

ރެނދުލާފައި ހުންނަ ތަށި ޖޯޑު

ރެނދުލާފައި ހުއްޓަސް ބައެއް ފަހަރަށް އެއީ އެންމެ ކަމުދާ ތައްޓަށް ވުމުން އެއްލާލަން ނުކެރިފައި ބެހެއްޓެއެވެ. އެހެން ނަމަވެސް ރެނދުލާފައި ހުންނަ ތަންތަނުގައި އުފެދޭ ނުރައްކާތެރި ބެކްޓީރިއާގެ ސަބަބުން އެތެރެހައްޓަށް ގެއްލުން ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް