"ޓެލިކިލާސް" އަށް އެޑިއުކޭޝަން އިނޮވޭޝަން 2020 އެވޯޑު ލިބިއްޖެ

އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދިޔަ "ޓެލިކްލާސް" އަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ "ވެންހުއި އެވޯޑް ފޯ އެޑިޔުކޭޝަނަލް އިނޮވޭޝަން 2020" އެވޯޑު ލިބިއްޖެ އެވެ. ވެންހުއި އެވޯޑަކީ ޔުނެސްކޯ އޭޝިއާ ޕ...

21 Feb 2021 | 08:41

އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދިޔަ "ޓެލިކްލާސް" އަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ "ވެންހުއި އެވޯޑް ފޯ އެޑިޔުކޭޝަނަލް އިނޮވޭޝަން 2020" އެވޯޑު ލިބިއްޖެ އެވެ.

ވެންހުއި އެވޯޑަކީ ޔުނެސްކޯ އޭޝިއާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިޔުކޭޝަނަލް އިނޮވޭޝަން ފޯ ޑިވެލޮޕްމެންޓާއި، ނޭޝަނަލް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޯ ޔުނެސްކޯ ގުޅިގެން ދޭ އެވޯޑެކެވެ. މި އެވޯޑު ދޭން ފަށާފައިވަނީ 2010 އަހަރު އެވެ.

މި އެވޯޑާއެކު، އެވޯޑް ހާސިލްކުރާ ފަރާތަކަށް 20 ހާސް އެމެރިކާ ޑޮލަރު އިނާމެއްގެ ގޮތުގައި ލިބެއެވެ.

މި އެވޯޑް ދިނުމުގެ މަގްސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ މީހުންނާއި އިދާރާތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިއްވަރު ދިނުމެވެ.

މި އެވޯޑު ލިބުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓެލިކިލާސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ސްކޫލްތަކުގެ މެނޭޖްމެންޓާއި ޓީޗަރުންގެ އުފެއްދުންތެރިކަމާއި، އިޖާދީ ވިސްނުމާއި ބުރަ މަސައްކަތުންކަމަށެވެ. އެ މިނިސްޓްރީން ވަނީ ދަރިވަރުންނާ ހަމައަށް ފިލާވަޅުތަށް ފޯރުކޮށްދިނުމުގައި ބެލެނިވެރިން އަދާ ކުރި ދައުރަށާއި މި ޕްރޮގްރާމްތައް ދުރަށްދެއްކި ޕީއެސްއެމްގެ މުންނާރު ޗެނަލާއި، ޔެސްޓީވީ އާއި ދިވެހި ޗެނަލަށް ޝުކުރު އަދާކޮށްފައި އެވެ.

ކޯވިޑް-19 ލޮކްޑައުންއާއި އެކު ސުކޫލްތައް ބަންދު ކުރަންޖެހުމުން، ދަރިވަރުންގެ އުނގެނުން ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ޓެލިކިލާސް ފެށީ މިދިޔަ އަހަރުގެ މާޗް 15 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް