ބޮލީވުޑްގެ މަޝްހޫރު ބަތަލް ޓައިގާ ޝްރޮފް މި ފަހަކުން ލާ ސޯޓުތަކަކީ އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބޭ އެއްޗެކެވެ.
އެންމެ ބޮޑަށް ޓައިގާ ލާ ސޯޓުތަކުގެ ވާހަކަ ދައްކަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލޯބިވެރިޔާ ކަމަށް އަޑުފެތުރިފަ އޮންނަ ދިޝާ ޕަޓާނީ އާއި އެކު ރާއްޖެއަށް ކުރި ދަތުރުގައި ލީ ސޯޓުތަކަކާއި ހިސާބުންނެވެ. އެ ދަތުރުގައި ޓައިގާގެ ވަރުގަދަ ގަށިގަނޑު ފެންނަ ގޮތަށް ރަތް ކުލަ އާއި ރީނދޫ ކުލައިގެ ކުރު ސޯޓުތަކެއް ލައިގެން ރިސޯޓުގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި އާންމު ކުރި އެވެ.
އެ ދަތުރުގައި ލީ ސޯޓުތަކުގެ ތެރެއިން ގިނަ ބަޔަކު އަޅައިގަތީ ރީނދޫކުލައިގެ ކުރު ސޯޓަށެވެ.
މިފަހަރު އަނެއްކާވެސް ޓައިގާ ލީ ސޯޓަކުން އިންޓަނެޓް ދަނީ އުތުރު އަރަމުންނެވެ. ހާއްސަކޮށް އިންސްޓަގްރާމަށް ޓައިގާ މިފަހަރު ލީ ފޮޓޯއިން ދިޝާއަށްވެސް އެއްޗެއް ނުބުނެ ނުހުރެވުނު ކަން ނޫސްތަކުގައި ދަނީ ފާހަގަ ކުރަމުންނެވެ.
ޓައިގާ މިފަހަރު ފޮޓޯ ނަގާފައިފަނީ ފަތްތަކެއް ޖަހާފައި ހުރި ފިޔާތޮށި ކުލައިގެ ކުރު މޫދު ސޯޓެކެވެ. ދިޝާ އެ ފޮޓޯއަށް ކޮށްފައިވާ ކޮމެންޓުގައި ބުނެފައިވަނީ "އާހް ކިއުޓް ޝޯޓްސް ބްރޯ" އެވެ.
ޓައިގާނެ ބައެއް ސަޕޯޓަރުން ވަނީ މީހުންގެ ސަމާލުކަން ލިބޭ ކަހަލަ "ހޮޓް" ސޯޓު ލަނީ އޭނާ ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް