ބޮލީވުޑްގެ މަޝްހޫރު ބަތަލް ސައިފް އަލީ ހާން އާއި އަންހެނުން ކަރީނާ ކަޕޫރަށް ދެވަނަ ދަރިފުޅު ލިބުމާ ގުޅިގެން ކުރިން ދިރިއުޅެމުން ދިޔަ ގެ ދޫކޮށް ބޮޑު ގެއަކަށް ބަދަލުވެއްޖެއެވެ.
އެގޮތުން ބަދަލުވި މި ބޮޑު ގޭގައި ބޮޑު ލައިބްރަރިއަކާއި ސްވިމިންގްޕޫލެއްގެ އިތުރުން ދެކުދިންނަށް އުޅެވޭނެފަދަ ނާސަރީއެއްވެސް ހުރެއެވެ.
ކަރީނާއަށާއި ސައިފްއަށް މިފަހަރުވެސް ފިރިހެން ކުއްޖެއް ލިބިފައިވާއިރު ކަރީނާ ވިހާފައި މިވަނީ އޭނާ ވިހާނެ ކަމަށް ލަފާކޮށްފައިވާ ދުވަހަށްވުރެ ހަ ދުވަސް ފަހުން މިއަދުގެ ވަގުތެއްގައެވެ.
ކަރީނާ ވިހޭކަން ހާމަކޮށް އޭނާގެ ބެދެންގެ ދެދަރި ދައްތަ، ރިދިމާ ކަޕޫރު ސަހާނީ ވަނީ ސައިފް އަށާއި ކަރީނާއަށް މަރުހަބާ ކިޔައި އިންސްޓަގްރާމް ޕޯސްޓެއް ކޮށްފައި އެވެ. އަދި އެ ޕޯސްޓުގައި ވަނީ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށް ބުނެފައި އެވެ.
ކަރީނާ ވިހެއުމާއި ގުޅިގެން ފިލްމް އިންޑަސްޓްރީގެ ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން ދަނީ ކަރީނާ އާއި ސައިފަށް ލިބުނު ދެވަނަ ދަރިފުޅަށް ކިޔާނެ ނަން އިއުލާނު ކުރާނެ ދުވަހަކަށެވެ.
ސައިފް އާއި ކަރީނާގެ ދެމެދުގައި ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ހާން ލިބުމާއި އެކު ނަން ކިޔުމުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުން ވުން އުފެދުނު ނެވެ. ސައިފްގެ ދަރިންނަށް މުސްލިމް ނަމެއް ކިޔަން މަޖުބޫރު ކަމަށް ބުނެފައިވާތީ ކަރީނާ ބޭނުންވީ ވަރަށް ޝަހުސިއްޔަތު ދައްކައިދޭ ނަމެއް ކިޔާށެވެ.
ކަރިނާ އެ ދުވަސްވަރު ބުނެފައިވަނީ ތައިމޫރު ކީ އެ ނަމުގެ މާނައަކީ ވަރުގަދަ ކަމަށްވާތީ ކަމަށެވެ.
ތައިމޫރު ވިހާފައިވަނީ 2016 ޑިސެމްބަރު އަށެއްގައި ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް