ދިވެހި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) އާއި ި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ކައިވެނި ކޮށްފިއެވެ.
މި ކައިވެނި ކޮށްފައި ވަނީ ފެމިލީ ކޯޓުގަ އެވެ. އެ ދެ މީހުން ކައިވެނި ކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ.
ދެމީހުން އެންގޭޖް ވެފައި ޝިދާތާ ބުނެފައިވަނީ މިއީ ދިރިއުޅުމުގެ އާ ދަތުރެއް ކަމަށާއި އާ ފެށުމެއް ކަމަށެވެ. ހިތް ވަނީ އުފަލުން ފުރިފައި ކަމުގައިވެސް ޝިދާތާ ބުނެފައިވެއެވެ.
ޝިދާތާ މީގެ ކުރިން އެއް ކައިވެނިކޮށްފައިވާއިރު، ޒިޔާ ދެ ކައިވެނި ކޮށްފައިވެ އެވެ. ޝިދާތާ ކުރިން ކުރި ކައިވެނިން އޭނާއަށް ތިން ދަރިން ލިބިފައި އެބަ ތިއްބެވެ. ޒިޔާގެ ކުރީގެ ކައިވެންޏަކުން އޭނާއަށްވެސް ދަރިއަކު ލިބިފައިވެ އެވެ.
ޒިޔާއަކީ މީގެ ކުރިން އެކި ފިލްމުތަކުގައި ސީރިއަސް ރޯލުތައް ކުޅުމުގެ އިތުރުން ވީޑިއޯ ލަވަތައްވެސް ކުޅެފައިވާ ފަންނާނެކެވެ.
ޝިދާތާ އަކީ ރައީސް ޞާލިހްގެ ސަރުކާރުގެ އެންމެ ފުރަތަމަ ޖެންޑާ މިނިސްޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް