ބާލީހާއި ނުލާ ނިދުމުން ލިބޭ ފައިދާ އެނގޭނަމަ، ބާލިސް މަތީގައި ނުނިދާނެ

ބައެއް މީހުނަށް ބާލީހާއެކު ވަރަށް އަރާމުގައި ނިދާ މީހުންނެވެ. އަނެއްބައި މީހުންނަށް ނިދެނީ މުޅި ގައިގެ ވަށައިގެން ބާލީސް ޖައްސައިގެންނެވެ. އެފަދަ މީހުންނަށް މިއީ ހިތާމަވެރި ހަބަރަކަށް ވެދާނެއެވެ. ބާލީ...

21 Feb 2021 | 06:52

ބައެއް މީހުނަށް ބާލީހާއެކު ވަރަށް އަރާމުގައި ނިދާ މީހުންނެވެ. އަނެއްބައި މީހުންނަށް ނިދެނީ މުޅި ގައިގެ ވަށައިގެން ބާލީސް ޖައްސައިގެންނެވެ. އެފަދަ މީހުންނަށް މިއީ ހިތާމަވެރި ހަބަރަކަށް ވެދާނެއެވެ.

ބާލީހާ ނުލައި ނިދާމީހުންނަށް ވަރަށް ގިނަގުނަ ފައިދާ ތަކެއް ކުރެއެވެ. އެގޮތުން މި ބަލައިލަނީ ބާލީހާ ނުލައި ނިދުމުން ލިބޭނެ ބައެއް ފައިދާ ތަކަށެވެ.

ބާލީހާ ނުލައި ނިދުމުން ލިބޭ އެއް ފައިދާ އަކީ، އުުނަގަނޑުގެ ދަތުތައް ކުޑަވުމެވެ. ސަބަބަކީ ބައެއް ކަހަލަ ބާލީހުގައި ނިދާ ނަމަ އުނަގަނޑުގެ ބައެއް ކަހަލަ ތަދުތައް އަރާތީއެވެ. ނަމަވެސް ބާލީސް ނުލައި ނިދާނަމަ، ސްޕައިން ސީދަލަށް ބޭއްވޭނެއެވެ. އޭގެ ސަބަބުން އުނަގަނޑުގެ ދަތުތައް ކުޑަ ވެގެން ދާނެ އެވެ.

ބާލީހާ ނުލާ ނިދާ ނަމަ ބޮލުގެ ތަދުތައް ކުޑަވެއެވެ. އެގޮތުން ހެނދުނު ހޭލައިރު ހުންނަ ބޮލުގެ ބައެއް ކަހަލަ ތަދު ތަކަކީ ބާލީހުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ވެދާނެއެވެ. މާ އުސް ބާލީހުގައި ނިދާ ނަމަ ބޮލަށާއި ކަރަށް ތަދުވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ބާލީހިގެ ސަބަބުން ނިދާ ހޭލާއިރު ބޮލިގައި ދަތު ހުރުމުގެ ފުރުސަތު ބޮޑެވެ.

ބައެއް ފަހަރު، ބާލިހުގައި ނިދުމަކީ ސްޓްރެސް އަށް މަގުފަހި ވާ ކަމެކެވެ. ސަބަބަކީ ބާލީހިގައި ނިދަން އުނދަގޫވުމުނެ ރޭގަނޑު ރަނގަޅަށް ނުނިދޭތަން އާދެއެވެ. އޭގެ ސަބަބުން ހެނދުނު ތެދުވެ އުޅުމުގައްޔާއި ދުވަހުގެ ހަރަކާތްތަކުގައި އުޅޭއިރު ސްޓްރެސް ވުމުގެ ފުރުސަތު ބޮޑެވެ.

ބާލީހާއި ނުލާ ނިދާނަމަ އިސްތަށިގަނޑަށް އޭގެ ފައިދާ ކުރެއެވެ. ސަބަބަކީ ބާލީސް މަތީގައި ނިދާނަމަ އިސްތަށިގަނޑު މާ ބޮޑަށް ހިކުމުގެ ފުރުސަތު ބޮޑުވާތިއެވެ. އެގޮތަށް ދިމާވަނީ އިސްތަށިގަނޑުގައި ލާފައި ހުންނަ ތެޔޮ، ބާލީސް އުރައިގައި ހޭކޭތީއެވެ. އަދި ބާލިސް އުރައިގައި އިސްތަށިގަނޑު ކޭއްތުމުގެ ސަބަބުން އިސްތަށިތައް ހަލާކު ވުމުގެ ފުރުސަތު ބޮޑުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް