މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން މިއަދު ކުރިން ބުނެފައިވެއެވެ.
ސްޓެލްކޯގެ ޓްވީޓްގައި ވަނީ، މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި
ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
https://twitter.com/STELCOMALDIVES/status/1363368830429396992
އެގޮތުން މައްސަލަ ހައްލުކޮށް، ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ބުނެފައި ވެއެވެ.
https://twitter.com/STELCOMALDIVES/status/1363374312833519617
މައްސަލަ ހައްލުކޮށް 11:19 ގައި ކަރަންޓުދެވިފައި ވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް