ބޮލީވުޑްގެ މަޝްހޫރު ބަތަލް ސައިފް އަލީ ހާން އާއި އަންހެނުން ކަރީނާ ކަޕޫރަށް ދެވަނަ ދަރިފުޅު ލިބިއްޖެ އެވެ.
ކަރީނާއަށް މިފަހަރުވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. ކަރީނާ ވިހާފައި މިވަނީ އޭނާ ވިހާނެ ކަމަށް ލަފާކޮށްފައިވާ ދުވަހަށްވުރެ ހަ ދުވަސް ފަހުން މިއަދު އެވެ.
ކަރީނާ ވިހޭކަން ހާމަކޮށް އޭނާގެ ބެދެއްގެ ދެދަރި ދައްތަ، ރިދިމާ ކަޕޫރު ސަހާނީ ވަނީ ސައިފް އަށާއި ކަރީނާއަށް މަރުހަބާ ކިޔައި އިންސްޓަގްރާމް ޕޯސްޓެއް ކޮށްފައި އެވެ. އަދި އެ ޕޯސްޓުގައި ވަނީ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށް ބުނެފައި އެވެ.
ކަރީނާ ވިހެއުމާއި ގުޅިގެން ފިލްމް އިންޑަސްޓްރީގެ ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން ދަނީ ކަރީނާ އާއި ސައިފަށް ލިބުނު ދެވަނަ ދަރިފުޅަށް ކިޔާނެ ނަން އިއުލާނު ކުރާނެ ދުވަހަކަށެވެ.
ސައިފް އާއި ކަރީނާގެ ދެމެދުގައި ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ހާން ލިބުމާއި އެކު ނަން ކިޔުމުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުން ވުން އުފެދުނު ނެވެ. ސައިފްގެ ދަރިންނަށް މުސްލިމް ނަމެއް ކިޔަން މަޖުބޫރު ކަމަށް ބުނެފައިވާތީ ކަރީނާ ބޭނުންވީ ވަރަށް ޝަހުސިއްޔަތު ދައްކައިދޭ ނަމެއް ކިޔާށެވެ.
ކަރިނާ އެ ދުވަސްވަރު ބުނެފައިވަނީ ތައިމޫރު ކީ އެ ނަމުގެ މާނައަކީ ވަރުގަދަ ކަމަށްވާތީ ކަމަށެވެ.
ތައިމޫރު ވިހާފައިވަނީ 2016 ޑިސެމްބަރު އަށެއްގައި ގައި އެވެ.
މި ދެ ތަރިން ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް