މިވަގުތުން ފަށައިގެން ކޯވިޑް-19 ވެކްސިން އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް ލިބޭނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
މީގެ އިތުރުން 18އާއި 30 އަހަރު ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ކޮވިޑަށް ވެކްސިން ދިން އަދަދު މިހާރު ވަނީ 70 ހާހަށް އަރައިފިއެވެ.
އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެ ރާއްޖޭގައި 5283 މީހަކަށް ވެކްސިން ދީފައިވެއެވެ. އޭގެތެރެއިން 3755 މީހަކަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށްރަށުން 1528 މީހަކަށް މިއަދު ވެކްސިން ދީފައިވެއެވެ.
މިއާއެކު ވެކްސިން ދެވުނު ޖުމްލަ އަދަދު މިވަނީ 70,0009 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން ޖުމްލަ 53669 އަދި ރަށް ރަށުން 16340 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް