ކްރެޑިޓްގެ ދަށުން، އައްޑޫ ސިޓީގެ މަގުހެދުމުގެ 1.19 ބިލިޔަން ދިވެހި ރުފިޔާގެ މަޝްރޫޢުގެ މާލީ އެހީގައި ސޮއެކޮށްފި

އިންޑިޔާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، މަގުހެދުމުގެ 1.19 ބިލިޔަން ދިވެހި ރުފިޔާގެ މަޝްރޫޢުގެ މާލީ އ...

21 Feb 2021 | 05:12

އިންޑިޔާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، މަގުހެދުމުގެ 1.19 ބިލިޔަން ދިވެހި ރުފިޔާގެ މަޝްރޫޢުގެ މާލީ އެހީގައި މިއަދު ސޮއެކޮށްފިއެވެ.

މިއީ އިންޑިއަން އެގްޒިމް ބޭންކްގެ ގެ800 މިލިއަން ޔޫއެސް ޑޮލަރ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ފަންޑިންގެ ދަށުން ކުރިއަށް ދާ މަޝްރޫޢުއެކެވެ.

މިއަދު ސޮއިކުރެވިގެން ދިޔަ މި މަޝްރޫޢުގެ ކޮންޓްރެކްޓަކީ އެފްކޯންސް އިންފްރާންސްޓްރަކްޗަރ ލިމިޑެޓްއެވެ. މި މަޝްރޫޢުއަކީ730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢުއެކެވެ.

އިންޑިޔާގެ ފަރާތުން އިއްޔެ ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް 40 މިލިއަން ޑޮލަރު، ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފައެވެ. އަދި ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،00 ޑޯޒް ވެސް ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް