އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމައިފި އެވެ. އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ކުރިޔަށްވުރެ ބޮޑުވާނެ ކަމަށެވެ. އަގުތަކަށް ބަދަލ...

21 Feb 2021 | 03:22

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ކުރިޔަށްވުރެ ބޮޑުވާނެ ކަމަށެވެ. އަގުތަކަށް ބަދަލުގެންނަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތާ ދުވަސްތަކެއް ވުމުން ކަމަށެވެ.

އެެސްޓީއޯއިން ބުނީ ތެލުގެ އަގަށް ދުނިޔޭގެ ބާޒާރުގައި އަންނަމުންދާ ބަދަލާއި ގުޅިގެން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.44 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 9.19 ރުފިޔާއަށެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް