ސަވާރީ ޕޭ ބޭނުންކޮށްގެން ފައިސާ ބަލައިގަނެވޭނެގޮތް ހަމަޖައްސާފައި ވަނީ 19 ކައުންސިލަކުން: ޓްރާންސްޕޯޓް މިނިސްޓްރީ

ސަވާރީ ޕޭ ބޭނުންކޮށްގެން ވެހިކަލްތަކަށް ނަގާ ފައިސާ ބަލައިގަނެވޭނެގޮތް ހަމަޖައްސާފައި ވަނީ މިހާތަނަށް 19 ކައުންސިލަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ...

21 Jan 2023 | 15:13

ސަވާރީ ޕޭ ބޭނުންކޮށްގެން ވެހިކަލްތަކަށް ނަގާ ފައިސާ ބަލައިގަނެވޭނެގޮތް ހަމަޖައްސާފައި ވަނީ މިހާތަނަށް 19 ކައުންސިލަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަމަދު ޢަބްދުލްޣަނީ ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ރޭ ވިދާޅުވީ އެއްގަމު އުޅަނދު ފީއާއި، ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި، ޓްރެފިކް އަދި ޕާކިން ވަޔަލޭޝަން ޖޫރިމަނާ ފީތައް ދެއްކުމަށް ހަމަޖައްސާފައިވާ ހާއްސަ ޕޯޓަލް "ސަވާރީ ޕޭ" ބޭނުންކޮށްގެން ފައިސާ ބަލައިގަނެވޭނެގޮތް ހަމަޖެހިފައިވަނީ މިހާތަނަށް 19 ކައުންސިލެއްގައި ކަމަށެވެ.

އަދި މިއީ ކައުންސިލްތަކުން އަލަށް ކުރަން ފަށާކަމެއްކަމުން، އެ އިންތިޒާމްތައް ހަމަޖެހެމުންދާ ވަރަކަށް، އެ ކައުންސިލްތަކުން މި ޚިދުމަތް ލިބިގެން ދާނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ސަވާރީ ޕޭ ޕޯޓަލް ބޭނުންކޮށްގެން ވެހިކަލްތަކަށް ނަގާ ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުން އެ ފައިސާ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމަށް ކައުންސިލްތަކަށް ހަރަދު ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް