ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރަން ކަމަށް ބުނެ މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު، ވ. ތިނަދޫ ރެޑް ހައުސް އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަށްކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.
އެގޮތުން މި އަޑުއެހުން ކުރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1:00 އަށެވެ.
އައްމަޓީގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލާފައިވަނީ އެޗްޑީސީ އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި އަދި އެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައިގައެވެ.
އައްމަޓީ 2021 ވަނަ އަހަރު ހައްޔަރު ކުރިއިރު އޭނާގެ ސީ ލައިފް ކުންފުންޏަށް ފައިސާ ދެއްކި 203 މީހަކު ސީލައިފަށް ދެއްކި ފައިސާ އާއި އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން މެދުވެރިވެގެން އެޗްޑީސީ އިން ވަނީ އެމީހުންނަށް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް