ހޯރަފުށީ ކައިރިން ފެނުނު ކިނބޫ ހިފުމަށް ފަހު ދުރަށް ގެންގޮސް ދޫކޮށްލައިފި

ހއ. ހޯރަފުށީ ކައިރިން މިއަދު ފެނުނު ކިނބޫ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހިފުމަށްފަހު ދޫކޮށްލައިފިއެވެ. އެ ކިނބޫ ފެނިފައިވަނީ ހޯރަފުށްޓާއިއެއް ފަޅެއްގައި އޮންނަ އ...

21 Jan 2023 | 12:22

ހއ. ހޯރަފުށީ ކައިރިން މިއަދު ފެނުނު ކިނބޫ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހިފުމަށްފަހު ދޫކޮށްލައިފިއެވެ.

އެ ކިނބޫ ފެނިފައިވަނީ ހޯރަފުށްޓާއިއެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުންނެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ކުރީ މިއަދު މެންދުރު 12:50 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ އެ ކިނބުލުގެ ދިގުމިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރި ކަމަށެވެ. ކިނބޫ ފެނިފައިވަނީ ދޯންޏެއްގައި މަސް ބާނަން އެ ސަރަހައްދަށް ނިކުމެއުޅުނު ބަޔަކަށް ކަމަށް މައުލޫމާތުދެ އެވެ

މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ދިޔައިރު، އެ ސަރަހައްދުގައި މަސްބާނަން އުޅުނު ދޯނިން އޮތީ ކަންވާރެއްގައި ކިނބޫ ބާނާފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ކިނބޫ ހިފުމަށް ފަހު ދޫކޮށްލީ ހޯރަފުށީގެ ހުޅަނގުން 45 ވަރަކަށް ނޯޓިކަލް މޭލު ބޭރަށް ކަމަށެވެ.

މިދިޔަ ހަފްތާގައިވެސް ރާއްޖޭގެ ސަރަހައްދުން ކިނބުލެއް ފެނިފައިވެ އެވެ. ކ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރާ އެރަށް ކައިރިން ފެނުނު ކިނބޫވެސް ސިފައިން ވަނީ ދުރަށް ގެންގޮސް ދޫކޮށްލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް