ކެމްޕޭނަށް ރައީސް ސޯލިހް ފުވައްމުލަކަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް ރައީސް ސޯލިހް ފުވައްމުލަކަށް ފުރާ ވަޑައިގެންފިއެވެ. ރައީސް ސޯލިހްގެ ކެމްޕޭނު މި ދަތުރުފުޅުގައި ހުވަދުއަތޮޅަށްވެސް ވަޑައިގަންނަވާނެކަމުގައި ރައީސް ސޯލިހްގެ ކެމްޕ...

21 Jan 2023 | 10:39

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް ރައީސް ސޯލިހް ފުވައްމުލަކަށް ފުރާ ވަޑައިގެންފިއެވެ.

ރައީސް ސޯލިހްގެ ކެމްޕޭނު މި ދަތުރުފުޅުގައި ހުވަދުއަތޮޅަށްވެސް ވަޑައިގަންނަވާނެކަމުގައި ރައީސް ސޯލިހްގެ ކެމްޕޭނު ޓީމުން ބުނެއެވެ.

ރައީސް ސޯލިހް ކެމްޕޭނަށް ފުވައްމުލަކަށް ފުރާވަޑައިގެންފައިވާއިރު މިދިޔަ ހަފްތާގައި ވަޑައިގެންނެވީ ގއ. ގދ. ށ އަދި ލ. އަތޮޅަށެވެ. އެ އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެން ރޭގައި މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ. ރައީސް ސޯލިހާއި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް