ކެމްޕެއިނަށް ދާ މީހުންގައިގަ އަންހެންވެރިން، ބައްދައި ހޭކޭތީ އިލްމުވެރިންގެ ފާޑުކިޔުން!

އިންތިހާބުތަކާއި ގުޅިގެން އޮންނަ ކެމްޕެއިންތަކަށް ރަށްރަށަށް ދާ ފިރިހެނުންނާއި މާ ގައިގޯޅިކޮށް އަންހެންވެރިން އުޅޭކަމަށް ބުނެ ދީނީ އިލްމުވެރިކަން ފާޑުވިދާޅުވެއްޖެ އެވެ. މިކަމާއި ގުޅިގެން ފާޑުކިޔުން އަ...

21 Jan 2023 | 10:30

އިންތިހާބުތަކާއި ގުޅިގެން އޮންނަ ކެމްޕެއިންތަކަށް ރަށްރަށަށް ދާ ފިރިހެނުންނާއި މާ ގައިގޯޅިކޮށް އަންހެންވެރިން އުޅޭކަމަށް ބުނެ ދީނީ އިލްމުވެރިކަން ފާޑުވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅިގެން ފާޑުކިޔުން އަމާޒުކޮށް އިލްލުވެރިން ވާހަކަ ދައްކަވާފައި މިވަނީ މި ދުވަސްވަރު ކުރިޔަސްދާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނަށް ލީޑާޝިޕުން ކުރާ ދަތުރުތަކުގައި އެމީހުން ދެކެވާ ލޯބިން ދުވަސްވީ އަންހެނުން ހިމެނޭހެން އެ ބޭފުޅުންގެ ގައި ބައްދައި، މާފަތި އަޅުވައި ހަދާތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާ ދުވަސްވަރެއްގައި އެވެ.

މިކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވީ ކަނބަލުންނަކީ އިސްލާމް ދީނުގައި ވަރަށް އިއްޒަތްތެރި ގަދަރިވެރި ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ ކަނބަލުން ބައިއަތު ހިފުން އޮންނަނީ އަނގަބަހުން ކަމަށާއި ބައްދައި ހޭކުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

ޝެއިހު ވިދާޅުވީ ވޯޓު ހޯދަން ދާ ހިލޭ ފިރިހެނުންގައިގަ ބައްދާ ހެދުމަކީ މުންކަރާތެއް ކަމަށެވެ.

https://twitter.com/aliramyz/status/1616691154044751872

މިކަމާއި ގުޅޭގޮތުން ދީނީ އިލްމުފެތުރުމަށް މަސައްކަތް ކުރައްވާ އަލީ ރަމީޒު ވިދާޅުވީ އޭނާ އަކީ ވަރަށް ގިނަ ރަށްރަށަށް ދާ މީހެއް ކަމަށެވެ. ގިނައިން ދަނީ އެ ރަށްރަށުން ދޭ ދައުވަތަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދަތުރުތަކުގައި އަންހެނުން އޭނާ ގައިގަ ބައްދައި ދޮންދީ ހަދަން ނޫޅޭ ކަމަށެވެ. އެއީ ކީއްވެކަން އެނގޭ ކަމަށާއި އެގޮތަށް އަންހެނުން ނޫޅެނީ އަލީވެސް އެގޮތަށް އަމަލު ނުބަހައްޓާތީ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް