އަނެއްކާވެސް ކިނބުލެއް ފެނިއްޖެ

އަނެއްކާވެސް ރާއްޖެއިން ކިނބުލެއް ފެނިއްޖެއެވެ. އެމްއެންޑީއެފުން ދެންމެ ބުނެފައިވަނީ ހއ. ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލު ފިނޮޅާއި ހުވަންދޫއާއި ދެމެދުން ކިނބުލެއް ފެނިފައިވާކަމަށެވެ. "ދިގުމިނ...

21 Jan 2023 | 09:44

އަނެއްކާވެސް ރާއްޖެއިން ކިނބުލެއް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ދެންމެ ބުނެފައިވަނީ ހއ. ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލު ފިނޮޅާއި ހުވަންދޫއާއި ދެމެދުން ކިނބުލެއް ފެނިފައިވާކަމަށެވެ.

"ދިގުމިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރި ކިނބުލެއް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަގޮތުގައި އެ ކިނބޫ މިހާރު ވަނީ ހިފާފައެވެ. އަދި އެ ކިނބޫއަށް ދެން ހަދާނެގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ 12 ވަނަ ދުވަހުވެސް ރާއްޖެއިން ކިނބުލެއް ފެނިގެން ހިފާފައިވެއެވެ. ގާތްގަނޑަކަށް 14 ފޫޓު ހުރި އެ ކިނބޫ ހިފުމަށްފަހު އެމްއެންޑީއެފުން ވަނީ ބޭރު ކަނޑަށް ގެންގޮސް އެ ކިނބޫ އޭރު ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް