ދީން ބޭނުންކޮށްގެން ސިޔާސީ ފިތުނަ އުފެއްދުމަކީ ހައްޤު ބުނެދިނުމެއް ނޫން: ޑރ. ޝަހީމް

އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުމެއްނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ...

21 Jan 2023 | 09:26

އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުމެއްނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ބެލެވޭގޮތުގައި ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ ޑރ.މުޙައްމަދު އިޔާޒަށް މިއަދު ކުރެއްވި ޓްވީޓެއްގައި ބައެއް ސަލަފުއްޞާލިޙުންގެ ކިބައިން ވާރިދުވެގެންވާގޮތުގައި ޙައްޤު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިޠާނެއްކަމަށާއި ބާޠިލް ދިފާޢުކުރާ މީހާއަކީ ވާހަކަދައްކާ ޝައިޠާނެއްކަމަށާއި އެހެންކަމުން ބަޔަކު މީހުން ކިތަންމެ ރުޅިއަޔަސް، ކިތަންމެ ޖެއްސުމެއް ކުރިޔަސް، ޙައްޤު ބަޔާންނުކޮށް، ތިބުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫންކަމަށް ވިދާޅުވެފައި ވާތީ އެ ޓްވީޓަށް ދެއްވި ރައްދެއްގެ ގޮތުގައެވެ.

އެގޮތުން ޑރ. ޝަހީމް ކުރެއްވި ޓްވީޓްއްގައި ވިދާޅުވީ އިސްލާމްދީނުގައި ޙައްޤަކީ ވަރަށް މަތިވެރި އެއްޗެއްކަމަށެވެ.

އަދި ޙައްޤުބުނެދިނުމާއި ޙައްޤު ޤާއިމުކުރުން އޮތީ ޢަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިންކަމަށެވެ.

މީގެ އިތުރުން އޭގެ ބަދަލުގައި ޙައްޤު ބަޔާންކުރުމުގެ ނަމުގައި އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފިތުނައާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ޙައްޤު ބުނެދިނުމެއްނޫންކަމަށް ޑރ. ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

https://twitter.com/Mohamedshaheem1/status/1616684253793906688?s=20&t=v3sw3dptWfqALWIaFWOIZQ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް