ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 97،873 އަށް އަރައިފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 97،873 އަށް އަރައިފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން މި ވ...

21 Jan 2023 | 07:47

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 97،873 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން މި ވަނީ 22.8 ޕަސެންޓް ކުރި އަރައިފައެވެ.

އެގޮތުން މި އަދަދަކީ މިއަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި   2022ވަނަ އަހަރުގެ މި މުއްދަތުގައި 79،718 ފަތުރުވެރިން ރާއްޖެއައިސްފައި ވާއިރު 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 52،943 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުކަމުގައިވާ ރަޝިއާއިން 15،218 ފަތުރުވެރިން ރާއްޖެ އައިއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 15.5 ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. .

އަދި މިހާރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމު ކަމުގައިވާ އިޓަލީން 10،660 ފަތުރުވެރިން އައިއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 10.9 ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުކަމުގައިވާ އިންޑިއާއިން މިއަހަރު 9،242 ފަތުރުވެރިން ޒިޔާތަތްކޮށްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިނގިރޭސިވިލާތުން 7،982 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ޖަރުމަމުން ވަނީ 5،980 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ފްރާންސް، ކަޒަކިސްތާންގެ އިތުރުން އޮސްޓްރޭލިއާ އަދި ސްވިޓްޒަލޭންޑް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް