އިނގިރޭސިވިލާތުގެ ޒުލެއްގައި ގެންގުޅޭ އެންމެ ދުވަސްވީ ފިރިހެން ޖިރާފު މަރުވެއްޖެ

އިނގިރޭސިވިލާތުގެ ޒުލެއްގައި ގެންގުޅޭ އެންމެ ދުވަސްވީ ފިރިހެން ޖިރާފު މަރުވެއްޖެ އެވެ. ޑުޑްލީ ޒުލުގެ ނަން ދީފައިވާ އެތަނުގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކުބްވާ ނަމަކަމަކަށް ކިޔާ އެ ޖިރާފު މަރުވ...

21 Jan 2023 | 07:45

އިނގިރޭސިވިލާތުގެ ޒުލެއްގައި ގެންގުޅޭ އެންމެ ދުވަސްވީ ފިރިހެން ޖިރާފު މަރުވެއްޖެ އެވެ.

ޑުޑްލީ ޒުލުގެ ނަން ދީފައިވާ އެތަނުގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކުބްވާ ނަމަކަމަކަށް ކިޔާ އެ ޖިރާފު މަރުވެފައި ވަނީ ދިގު މުއްދަތަކަށް ފަރުވާ ދިން ފަހުން ސިއްހީ ހާލު ގޯސްވުމުން ގޮސް މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އުމުރުން 22 އަހަރުގެ މި ޖިރާފު، އެމީހުން ސިފަކޮށްފައި ވަނީ އެ ޒުލުގެ "އެންމެ ބޮޑު އެއް ކެރެކްޓާ" އަދި އެންމެ ގިނަ އިން އެޑޮޕްޓްކޮށްފައިވާ ޖަނަވާރެއްގެ ގޮތުގަ އެވެ.

2000 ވަނަ އަހަރު ނެދަލޭންޑްސްއަށް އުފަން މި ޖަނަވާރު މީގެ 13 އަހަރު ކުރިން ޑަޑްލީ ޒުލަށް ގެންދިޔައީ ބައިނަލްއަޤްވާމީ ބްރީޑިން ޕްރޮގްރާމެއްގެ ދަށުން ކަމްބްރިއާގައި ހަދާފައިވާ ކަލެކްޝަނަކުންނެވެ.

އެންމެ ދުވަސްވީ ޖިރާފްކަމަށްވާ ކުބްވާ މަރުވިއިރު ލިބިފައިވަނީ ދެ ދަރިންނެވެ. އެއީ ތިން އަހަރުގެ ކިރާއާއި ކިޓޯއެވެ.

ކުބްވާގެ ކުރީގެ އަދި މިހާރުގެ 70 އެޑޮޕްޓަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޑަޑްލީ ޒުލުގެ ފޭސްބުކް ޕޯސްޓަށް ތައުޒިޔާ ކިޔައިފައެވެ.

ޖިރާފެއްގެ އުމުރަކީ އާންމުގޮތެއްގައި 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް