ކެނެޑާގެ ޓޮރޮންޓޯ ޒޫ ވައިލްޑްލައިފް ކޮންޒަރވެންސީއިން ކުރަތްޕަކަށް ނަންދިނުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައެވެ.
އެގޮތުން މި ކެމްޕެއިންގެ ދަށުން ކުރަތްޕަކަށް ކުރީގެ ލޯބިވެރިޔާ (އެކްސް)، ބޮސް ނުވަތަ ތިމާގެ މީހެއްގެ ނަމުން ނަން ދިނުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
މިއީ އާދަޔާ ހިލާފު ކަމަކަށް ވިޔަސް މިއީ އިހުސާސްތައް ބޭރުކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އަދި މި ކެމްޕެއިން ކުރިއަށް ދާނީ ދުނިޔޭގެ ޤައުމުތަކުގައި ފާހަގަކުރާ ލޯބިވެރިންގެ ދުވަސްކަމަށްވާ ފެބްރުއަރީ 14 ވަނަ ދުވަހާއި ދިމާކޮށް ކަމަށް ޓޮރޮންޓޯ ޒޫ ވައިލްޑްލައިފް ކޮންޒަރވެންސީއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
ނޭމް އަ ރޯޗްގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިންގައި ބައިވެރިވުމަށް 25 ޑޮލަރު ހަދިޔާކުރުމަށްފަހު އެމީހަކު ބޭނުން ނަމެއް ކުރަތްފަށް ދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެހެންނަމަވެސް، ވައިލްޑްލައިފް ކޮންޒަރވެންސީގައި ވަރަށް ހަރުކަށިކޮށް ބަޔާންކޮށްފައި ވަނީ ނަންކިޔުމުގެ ލިމިޓްތަކެއް އޮންނަކަމަށާއި، ހުތުރުބަސް ބުނުމަކީ އެއްގޮތަކަށްވެސް ހުއްދަކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ޒުލުގެ ކުރަތްޕަށް ނަންދޭ ފަރާތްތަކުގެ އަގު ވަޒަންކޮށް ކުރަތްޕަށް ދެވިފައިވާ ނަމާއި ނަންދިން ފަރާތުގެ ނަން ހިމެނޭ ޑިޖިޓަލް ސެޓްފިކެޓާއި ޗެރިޓޭބަލް ޓެކްސް ރަސީދުވެސް ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް