ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން މީހާގެ ރެކޯޑު މާރިއާ ބްރަންޔަސް މޮރޭރާ ކިޔާ މީހަކަށް ދީފި އެވެ.
ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ބުނީ އަލަށް އެ ލަގަބު ހޯދި، މާރިއާގެ އުމުރުން 115 އަހަރު ކަމަށެވެ. އޭނާ އުފަންވެފައިވަނީ ހަތަރެއް މާޗް، 1907 ގައި އެވެ.
ސްޕެއިނަށް ނިސްބަތްވާ މާރިއާ އުފަންވެފައިވަނީ އެމެރިކާގެ ކެލިފޯނިއާއަށް އޭނާގެ މައިންބަފައިން ހިޖުރަ ކުރިތާ އަހަރެއް ފަހުންނެވެ. އޭގެ އަށް އަހަރު ފަހުން އަނެއްކާވެސް އެމީހުން ވަނީ ސްޕެއިނަށް ދިރިއުޅުން ބަދަލުކޮށްފައި އެވެ.
މިހާރު އޭނާ ދިރިއުޅެނީ މުސްކުޅިން ބަލަހައްޓާ ނާސިން ހޯމްއެއްގައި އެވެ. އޭނާ މުސްކުޅިން ބަލަހައްޓާ ގެއެއްގައި ގެންގުޅޭތާ 22 އަހަރު ވެއްޖެ އެވެ.
އޭނާއަށް މި މަގާމު ލިބުނީ ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން މީހާގެ ލަގަބު އޮންނަ ލުސީލް ރަންޑޮން މަރުމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ މަރުވީ އުމުރުން 118 އަހަރުގައި އެވެ.
އެއީ ފްރާންސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް