ނަޝީދު ހޮވޭތޯ އުޅެނީ ޕީޕީއެމްއަށް އެނޫންގޮތަކަށް ވެރިކަމަށް އާދެވެން ނެތުމުން: ޑރ. އިޔާޒު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރަން އިދިކޮޅު ޕީޕީއެމްއިން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ. އެމްޑީ...

21 Jan 2023 | 05:11

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރަން އިދިކޮޅު ޕީޕީއެމްއިން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާއި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް އިޝާރާތް ކުރައްވާ ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުއަށް ކާމިޔާބު ލިބޭތޯ ޕީޕީއެމްއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ތެރެއިން ނަޝީދު ހޮވޭތީ މަސައްކަތް ކުރަނީ "ބޮޓުން" އިސްކޮށް ތިބެ ކަަމށެވެ.

ޑރ. އިޔާޒު ވިދާޅުވީ އެމީހުން އެ މަސައްކަތް ކުރަން ޖެހެނީ އިދިކޮޅު ޕީޕީއެމްއަށް2023 ވަނަ އަހަރުގެ ވެރިކަން ހޯދެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަނަ އެނގޭތީ ކަމަށެވެ.

https://twitter.com/dr_iyaz/status/1616645605308395526

އެމްޑީޕީގެ ޕްރައިމަރީގައި އިޔާޒު ނިސްބަތްވާ އަދާލަތު ޕާޓީން ތާއީދު ކުރައްވަނީ ރައީސް ސޯލިހަށެވެ. އަދި ޕްރައިމަރީ އާއި ދިމާކޮށް އެޕާޓިގެ ރައީސް ޝެއިހް އިމްރާން އަބްދުﷲވެސް ގެންދަވަނީ ރައީސް ސޯލިހަށް ތާއީދުކޮށް ޓުވީޓު ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް