ޝިއާއު މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

މިދިޔަ އަހަރުގެ އޮގަސްޓު މަހު ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝިއާއު ސައީދު މަރާލި މައްސަލައިގަ ހައްޔަރު ކޮށްފައި ހުރި އޭނާގެ ލޯބިވެރިޔާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވާ ދ...

21 Jan 2023 | 04:44

މިދިޔަ އަހަރުގެ އޮގަސްޓު މަހު ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝިއާއު ސައީދު މަރާލި މައްސަލައިގަ ހައްޔަރު ކޮށްފައި ހުރި އޭނާގެ ލޯބިވެރިޔާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ފަށަން ތާވަލު ކޮށްފި އެވެ.

ޝިއާއު މަރާލީ އޮގަސްޓް ހަވަނަ ދުވަހުގެ ރޭ ހެންވޭރު ގެއެއްގެ އެޕާޓްމެންޓެއްގެ ތެރޭގައި އެވެ. މި މައްސަލައިގަ ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ތާވަލު ކޮށްފައިވަނީ މާދަމާ އެވެ. މި ދައުވާގެ ޝަރީއަތް ކުރިޔަށް ގެންދިއުމަށް ކޯޓުން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.

ޝަރީއަތް ސިއްރު ކުރަން އެދުނީ ދައުލަތުންނެވެ.

ޝިއާގެ މަރާއި ގުޅިގެން ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއްގެ ތަފްސީލް، އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ހާމަކޮށްފައިއެއް ނުވެ އެވެ.

އަނެއް ތިން ދައުވާއަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެވެ. ދެން އުފުލާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ބޭނުން ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މި މައްސަލައިގަ ފުލުހުން މީގެ ކުރިން ބުނީ ތަހުގީގަށް ޝާހިލްގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ޝިއާއު މަރާލީ ޝާހިލްކަން ސާބިތު ކުރެވޭ ވަރަށް އޭނާ އާއި ދެކޮޅަށް ހެކި ލިބިފައިވާތީ ދައުވާ އުފުލީ ކަމަށެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޝިއާއު މަރާލިރޭ ޝާހިލް ހައްޔަރު ކުރި އިރު ހުރީ މަސްތުގެ ހާލަތުގައި އެވެ. އަދި އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށް ބުނާ ވާހަކަވެސް ފުލުހުން ދޮގު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް