މިއަދު ކޯވިޑަށް 51 މީހަކު ޕޮސިޓިވް، މާލެގަ ޕޮސިޓިވްވާ މީހުން އިތުރުވަނީ

އިތުރު 51 މީހަކު މިއަދު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 29 މީހުންނާއި ރިސޯޓުތަކުން 17 މީހުން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރޭގެ ރ...

21 Jan 2021 | 17:04

އިތުރު 51 މީހަކު މިއަދު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 29 މީހުންނާއި ރިސޯޓުތަކުން 17 މީހުން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރޭގެ ރަށްރަށުން ފަސް މީހުންނާއި ސަފާރީތަކުން މީހަކާއި ރިސޯޓު ތަރައްގީ ކުރާ ރަށްރަށުން އެކަކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 2،451 ސާމްޕަލެވެ.

މިވަގުތު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 1،025 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 74 މީހުންނަށެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 13،683 މީހުންނެވެ.

މި ބަލީގައި މިއަދު ރާއްޖެއިން ވަނީ 77 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އެވެ. އެމީހާ އާއި އެކު މިހާތަނަށް 50 މީހުން ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 14،765 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް