ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަތް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 8:29 ހާއިރު މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މިދިޔަ ހަފްތާގައި ހުޅުމާލޭ މިސްކިތެއްގައި ނަމާދު ކުރަން ހުރި އުމުރުން ދުވަސްވީ މީހަކަށް އިންޑިއާ މީހަކު ހަމަލާދީފައިވެ އެވެ. އެމީހާ ނަމާދަށް ހުއްޓަ އިންޑިއާ މީހާ އެމީ ކަރުގައި ހިފުމުން ސަލާމަތް ކޮށްދިނީ މިސްކިތުގައި ތިބި އެހެން މީހުންނެވެ.
މި މައްސަލައިގަ އިންޑިއާ މީހާ ހައްޔަރުކޮށް10 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް