ސައުތު އިންޑިއަން ފިލްމުތަކުން ސަޕޯޓިން ރޯލުތަކުންނާއި ބައެއް ބޮޑެތި ރޯލުތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު އަދި ޕްރޮޑިއުސަރު މޯހަން ބާބޫވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މަންޗު ބަކުތަވަތުސަލަމް ނައިޑޫ، އާންމު ނަމުން ނަމަ މޯހަން ބާބޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ އަންހެނުންނާއި އެކުގައެވެ. ރާއްޖޭގެ ގޮނޑުދޮށެއްގައި އިރުއޮއްސޭ މަންޒަރެއް ފަހަތުން ފެންނާނޭހެން މޯހަން ބާބޫ އަދި އޭނާގެ އަންހެނުން ވަނީ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
މޯހަން ބާބޫ އޭނާގެ އަންހެނުންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، ކޮވިޑުގެ ލޮކްޑައުނުން ރާއްޖެ ހުޅުވާލިފަހުން، އިންޑިއާގެ ތަރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް