ކުޑަ ރިޔަލު ދޯންޏެއްގައި ކ.މާފުށިން އެކަނި މަހަށް ނިކުތް 81 އަހަރުގެ ފިރިހެން މީހާ ހޯދަމުން ދަނިކޮށް ކޯސްޓްގާޑަށް ފެނިއްޖެއެވެ.
ޚަބަރެއް ނުވެގެން ހޯދަމުން ދިޔައީ، ކ.މާފުށީ ޝޭޑީގްރޯވ އުމުރުން 81 އަހަރުގެ އަޙްމަދު އާދަމް މަނިކުއެވެ.
އިރު އޮއްސި 6:26ގައި އެމްއެންޑީއެފުން ބުނެފައިވަނީ، މީހާ ކޯސްޓްގާޑް ލޯންޗް އެފްއައިސީއަށް ފެނިފައިވާކަމަށާއި މީހާ ކޯސްޓްގާޑް ލޯންޗަށް ނަގާފައިވާކަމަށެވެ. ނަމަވެސް މީހާގެ ހާލައިމެދު އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން، މާފުށީ ކައުންސިލް މެންބަރު އަލީ ޝައްމޫން ވިދާޅުވީ އެމީހާ ފެނުނީ ރަންނާޅިއާ ދިމާ ބޭރުން ކަމަށާއި މީހާއަށްވެސް އަނިޔާއެއް ލިބިފައިނުވާކަމަށެވެ. އަދި ދޯންޏަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް