އިންޑޮނޭޝިޔާ އުތުރު އައްސޭރިއަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑޮނޭޝިޔާގެ އުތުރު އައްސޭރީގައި އޮންނަ ތަލައުޑް އައިލެންޑްސް އަށް މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ. ރާއްޖޭގެ މެޓް އޮފީހުން ބުނެފައިވާގޮތުގައި މި ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 7.1ގެ ބިންހެލުމެކ...

21 Jan 2021 | 13:21

އިންޑޮނޭޝިޔާގެ އުތުރު އައްސޭރީގައި އޮންނަ ތަލައުޑް އައިލެންޑްސް އަށް މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މެޓް އޮފީހުން ބުނެފައިވާގޮތުގައި މި ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 7.1ގެ ބިންހެލުމެކެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން ހަވީރު 5:23ގައި ކަމަށާއި ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާއި ހުރި ދުރުމިނަކީ 8029 ކިލޯމީޓަރު ކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

https://twitter.com/MetMaldives/status/1352233531078950914?s=19

އިތުރަށް ބުނެފައިވަނީ މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރެއް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް