ކ. މާފުށީގައި އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އެ ރަށު ޝޭޑީގްރޯވާ އުމުރުން 81 އަހަރުގެ އަހުމަދު އާދަމް މަނިކެވެ. އެމްއެންޑީއެފުން ބުނީ އެމީހާ ގެއްލިގެން ސިފައިންނަށް ރިޕޯޓު ކުރީ މެންދުރު 2:08 ގައި ކަމަށެވެ.
އެމީހާ ގެއްލުނީ މަހަށް ދިޔަ ފަހުން ކަމަށް އާއިލާ އާއި ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ. އަހުމަދު އާދަމް މަނިކު މަހަށް ފުރޭ ރޭ ފަތިހު 5:30 ހާއިރު ރިޔަލު ދޯންޏެއްގައި އެވެ.
އޭނާ މަހަށް ދިޔައީ 18 ފޫޓުގެ ދޯންޏެއްގައި އެވެ.
އެމްއެންޑީއެފުން ވަނީ އެމީހާގެ ހަބަރެއް ވެއްޖެ ނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެދިފައިވ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް