ޔާމީންގެ ފަސް އަހަރުު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ. މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީން ޖަލަށް ހުކުމް ...

21 Jan 2021 | 11:32

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީން ޖަލަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. ޖަލަށް ހުކުމް ކުރުމުގެ އިތުރުން ފަސް ލައްކަ ޑޮލަރުން ޖޫރިމަނާ ކޮށްފައިވެ އެވެ.

ޔާމީން އާއި ދެކޮލަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ. މި މައްސަލައިގަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު ރައީސް ޔާމިން އޮޅުވާލެއްވި ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.

ހައި ކޯޓުގައި މިއަދު އޮތް އިސްތިއުނާފު ޝަރީއަތުގައި ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމީ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.

ޔާމީންގެ މައްޗަށް އެ ހުކުމް ސާބިތުނުވާނެ 75 ނުކުތާއެއް މިއަދު ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ފަނޑިޔާރު ޝަހީދު ވަނީ ފާހަގަ ކުރައްވާފައި އެވެ. އޭގެ ތެރޭގައި މި މައްސަލައިގަ ޔާމީނަށް ހުކުމް ކުރި އިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ހިޔާނާތާއި އޮޅުވާލުމުގެ ކުށް ސާބިތުވެފައިވާތީ އެއީ ހެތްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.

އަދި އޭސީސީގެ ކުރީގެ ނަިއބު ރައީސް މުއައްވިޒް ރަޝީދު ކޯޓުގައި ދޮގު ހެކި ދީފައިވާ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވި އެވެ. ސަބަބަކީ އެސްކްރޯ އެކައުންޓު ހުޅުވުމާއި ގުޅޭގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހަށް ވަޑައިގެން މަޝްވަރާ ކުރެއްވި ކަމަށް ކޯޓުގައި ވިދާޅުވި އިރު ރައީސް އޮފީހުގައި އެ ބައްދަލުވުން ބޭއްވި ކަމުގެ އެއްވެސް ހެތްކެއް ރައީސް އޮފީހައި އޭސީސީއަށް ޔާމީންގެ ގާނޫނީ ވަކީލުންނަށް ފޯރޮށްދެވިފައި ނުވާ ކަމަށެވެ

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަޒީދު ހުކުމް އިއްވަވަމުން ވިދާޅުވީ އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން އެ މަނިކުފާނަށް އަންގާފައިވުމުން އެއީ ޝައްކު ކުރެވޭ ފައިސާއެއް ކަމަށް ގަބޫލުކުރަން އެކަށީގެންވާ ސަބަބެއް އޮޮތް ކަމަށް ބެލެވޭނެ ކަމަށެވެ. އަދިި އެކަން އޭސީސީން އެ މަނިކުފާނަށް އެންގި ކަން ހެކިތަކުން އެނގޭ ކަމަށާއި އެކަމަކު ދައުލަތާ އެ ފައިސާ ހަވާލު ނުކުރައްވައި، އިންވެސްޓް ކުރެއްވި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް