އަންނަ މަހު ރާއްޖެ އާއި ލަންކާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

އަންނަ މަހު ރާއްޖެ އާއި ސްރީލަންކާ އައި ދެމެދު ސީދާ ދަތުތައް ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ކޯވިޑް-19 އާއި ގުޅިގެން ސްރީލަންކާގެ ބޯޑަރުތައް ބަންދު ކުރިތާ ނުވަ...

21 Jan 2021 | 10:37

އަންނަ މަހު ރާއްޖެ އާއި ސްރީލަންކާ އައި ދެމެދު ސީދާ ދަތުތައް ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ސްރީލަންކާގެ ބޯޑަރުތައް ބަންދު ކުރިތާ ނުވަ މަހެއްހާ ދުވަސް ފަހުން މިއަދު ވަނީ އަލުން ބޯޑަރުތައް ހުޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ސްރީލަންކާ އަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.

ރާއްޖެ އާއި ލަންކާ އާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސް އިންނެވެ.

މިނިސްޓަރު ޑރ. މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާގެ ބޯޑަރު ހުޅުވައިލުމާ އެކު މި ސަރަހައްދުގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމުގެ މަގު ފަހިވާނެ ކަމަށެވެ. އަދި ވިދާޅުވީ މީގެ އިތުރުން އަންނަ މަހުން ފެށިގެން ސްރީލަންކަން އެއާލައިން އިން ރާއްޖެ އާއި ލަންޑަނަށް ސީދާ ދަތުރުތައް ފެށުމާ އެކު ދަތުރުފަތުރު ކުރުމުގައި އިތުރު ލުއިތައް ފަހިވާނެ ކަމަށެވެ.

https://twitter.com/Mausoom_Maus/status/1352141749054017536

ލަންކާގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ ވަރަށް ހަރުކަށި ގަވައިދުތަކަކާއި އެކު އެވެ. އެގޮތުން ލަންކާއަށް ދާ ހުރިހާ އެންމެން14 ދުވަހު ކަރަންޓީން ވާންޖެހެ އެވެ.

އަދި އޮންއެރައިވަލް ވިސާ ދޫކުރާ ކަށްނުފަށައެވެ. ވިސާ ހައްދައިގެން ލަންކާއަށް ދާ މީހުންނަށް ހަ މަސް ދުވަހަށް ޓޫރިސްޓު ވިސާ ދޫކުރެ އެވެ.

ވިސާ ހައްދަން ޖެހޭނީ އޮންލައިންކޮށެވެ. ނުވަތަ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް