ސެމްސަންގް ގެލެކްސީގެ އެސް 21 ސީރީޒްގެ ފޯނުތައް، ހާއްސަ އޮފަރތަކާއެކު އުރީދޫއިން ޕްރީ އޯޑަރއަށް ހުޅުވާލައިފި

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 21+ 5ޖީ އަދި ގެލެކްސީ އެސް 21+ އަލްޓްރާ 5ޖީ ފޯން ޕްރީއޯޑަރ ކުރުމަށް އުރީދޫގެ ފަރާތުން ރާއްޖޭގައި ހުޅުވާލައިފިއެވެ.  އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ގަތުމުގައި...

21 Jan 2021 | 09:33

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 21+ 5ޖީ އަދި ގެލެކްސީ އެސް 21+ އަލްޓްރާ 5ޖީ ފޯން ޕްރީއޯޑަރ ކުރުމަށް އުރީދޫގެ ފަރާތުން ރާއްޖޭގައި ހުޅުވާލައިފިއެވެ.  އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ގަތުމުގައި ޚާއްޞަ އޮފަރ ތަކެއް މީގައި ހިމެނޭނެއެވެ.

ޕްރީއޯޑަރަށް ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ ސީރީޒް ގެ ފޯނަކާއެކު، 6 މަސް ދުވަސް ވަންދެން ކޮންމެ މަހަކު 2 ޖީބީ ހިލޭ ޑޭޓާ ލިބޭނެއެވެ.

މީގެ އިތުރުން ޕްރީ އޯޑަރ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ސްމާރޓް ޓެގް، ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑްއެއް ލިނޭނެއެވެ. ޕްރީއޯރޑަރ ކުރާ ކޮންމެ ގެލެކްސީ އެސް 21+ އަލްޓްރާއަކާއެކުވެސް ހިލޭ ޑޭޓާގެ އިތުރުން ސްމާރޓް ޓެގް އަދި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިންހިލޭ ލިބިގެންދާނެއެވެ.

އަގުތަކަށްބަލާއިރު، 256 ޖީބީ ސެމްސަންގް ގެލެކްސީ އެސް 21+ ލިބެންހުރީ 22،799 ރުފިޔާއަށެވެ. އަދި 256 ޖީބީ ސެމްސަންގް ގެލެކްސީ އެސް 21+ އަލްޓްރާގެ އަގު ހުރީ 27،399 ރުފިޔާގައެވެ.

ގެލެކްސީ އެސް 21 ސީރީޒްގެ ޕްރީއޯޑަރ ޙާއްސަ އޮފަރގެ އިތުރުން އީސިމް އަޕްގްރޭޑް މުޅިން ހިލޭ ލިބިގެންދާނެއެވެ.

ޕްރީއޯރޑަރަށް ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ 21+ ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ޕްރީއޯރޑަރ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް