ސައުތް ޕާމް ރިސޯޓުން ދެ ޕޮސިޓިވް ކޭސް، ކޮންޓެކްޓުންގެ ގޮތުގައި ތިން މުވައްޒަފުން

އައްޑޫ ސިޓީ އިސްމެހެލަ ހެރާގައި ހިންގާ ސައުތް ޕާމް ރިސޯޓުގައި ދެމީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްއީއޯސީން ބުނީ ޕޮސިޓިވްވެފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ހަމަޖެހިފައި އ...

21 Jan 2021 | 08:48

އައްޑޫ ސިޓީ އިސްމެހެލަ ހެރާގައި ހިންގާ ސައުތް ޕާމް ރިސޯޓުގައި ދެމީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީން ބުނީ ޕޮސިޓިވްވެފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ހަމަޖެހިފައި އޮތް ދެ ޓޫރިސްޓުން ކަމަށެވެ. އެމީހުންނާއި ގުލުން ހުރި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މިހާތަނަށް ދެނެގަނެވުނު މީހުން ގެތެރޭގައި ކޮންޓެކްޓުންގެ ގޮތުގައި ތިން މުވައްޒަފަކު ހިމެނޭ ކަމަށް ބުންޏެވެ. އެ ތިން މުވައްޒަފުން ކަރަންޓީން ކޮށްފައިވާއިރު ކޯވިޑަށް ޓެސްޓުކޮށް އަދި ނަތީޖާ ނުލިބެ އެވެ.

މިފަހަކަށް އައިސް ރިސޯޓުގައި ދަނީ މުވައްޒަފުންގެ މެދުގައި ކޯވިޑް ފެތުރި ބޮޑެތި ކްލަސްޓާތައް އުފެދެމުންނެވެ.

މިކަމާއި ގުޅިގެން އެޗްއީއޯސީ އާއި ޓޫރިޒަމް މިނިސްޓްރީން ވަނީ އެޗްޕީއޭއިން ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިނަށް އަމަލު ކުރުމަށް އަންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް