އިންޑިއާއިން ދިން ވެކްސިން ހުރީ ރައްކާތެރިކަމާއި އެކު އެޗްޕީއޭގެ ކޯލްޑް ރޫމްގައި

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ޑޯޒުތައް ދެވެން ދެން ބަހައްޓާފައި ހުރީ ހުންނަން ޖެހޭ މިންގަނޑުގައި ރައްކާތެރި ކަމާއި އެކު ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބު...

21 Jan 2021 | 08:33

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ޑޯޒުތައް ދެވެން ދެން ބަހައްޓާފައި ހުރީ ހުންނަން ޖެހޭ މިންގަނޑުގައި ރައްކާތެރި ކަމާއި އެކު ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާ، އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޯވިޝީލްޑް" އެވެ. އިންޑިއާއިން ވަނީ އޭގެ 100،000 ޑޯޒު ރާއްޖެއަށް ދީފައި އެވެ.

އެކަމަކު މި ވެކްސިން އަކީ އަދި ޑަބްލިއުއެޗްއޯއިން ބޭނުން ކުރުން ހުއްދަދީފައިވާ ވެކްސިނެއް ނޫނެވެ. މި ވެކްސިންގެ ތަހުލީލުތައް ކުރިޔަށް ދާއިރު މި ވެކްސިނަށް ޑަބްލިއެޗްއޯއިން ހުއްދަދޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފަހުކޮޅު އެވެ.

އެޗްއީއޯސީން ބުނީ ރާއްޖޭގައި ޑަބްލިއުއެޗްއޯއިން ހުއްދަ ނުދޭއެއްވެސް ވެކްސިންއެއް ނުދޭނެ ކަމަށެވެ. އެހެން ކަމުން އިންޑިއާއިން ރާއްޖެއަށް އިއްޔެ ދިން ވެކްސިންއަށް ޑަބްލިއުއެޗްއޯއިން ހުއްދަދެން ދެން ޖެހޭނީ ރައްކާކޮށްފައި ބަހައްޓާށެވެ.

އެޗްއީއޯސީން މިއަދު ބުނީ އެ ވެކްސިން ޑޯޒުތައް ބަހައްޓާފައިވަނީ ހުންނަން ޖެހޭ މިންގަނޑުގައި ކަމަށެވެ. އަދި އެ ވެކްސިން ރައްކާކޮށްފައި ހުންނަ އިރު ރަނގަޅަށް މޮނިޓާ ކުރެވެމުންދާނެ ކަމަށް ބުނެ އެވެ.

މީގެ އިތުރުން އެ ވެކްސިން މިހާރު ރައްކާކުރެވިފައި ހުރީ އެޗްޕީއޭގެ ކޯލްޑް ރޫމްގައި ކަމަށް ބުނެ އެވެ.

އެޗްއީސޯއީން އިއްޔެ ބުނީ އިންޑިއާއިން ދިން ވެކްސިން ބޭނުން ކުރެވޭނީ ގާތްގަނޑަކަށް 50،000 މީހުންނަށް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ޑޯޒުތައް އަތޮޅު ތެރެއަށް އުފުލުމާއި ވެކްސިން ދިނުމުގެ ތެރޭގައި ބޭކާރު ވާނެ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް