ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތް ސިންގް ރާޖްޕުތް އޭނާގެ އެޕާރޓްމެންޓްގެ ކޮޓރީގައި ދަންޖެހިފައި ހުއްޓައި ފެނި އެ މައްސަލަ އަދިވެސް ބަލަމުންދާއިރުގައި, ސުޝާންތުގެ ދައްތަ މި ވަނީ މިއަދު ވަރަށް ތަފާތު ޕޯސްޓެއް ކޮށްފައެވެ.
ދުނިޔޭގައި ހުރިނަމަ މިއަދަކީ މީ ސުޝާންތުގެ 35 ވަނަ އުފަންދުވަހެވެ.
އެގޮތުން ޝްވެތާ ސިންގް އޭނާގެ އިންސްޓަގްރާމްގައި ސުޝާންތުއާއެކު ނަގާފައިވާ ތަފާތު ފޮޓޯތަކަކުން ކޮލާޖެއް ތައްޔާރުކޮށް ވަނި އާންމުކޮށްފައެވެ. އަދި ވަރަށް ލޯބިވާކަމަށް ބުނެ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވެއެވެ.
ޝްވެތާގެ މި ފޮޓޯއާއެކު ވަރަށް ގިނަ މަޝްހޫރު ތަރިންވެސް ފޮޓޯ ޝެއަރކޮށް އަދި ސުޝާންތަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް