ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބޭފުޅަކު އައްޔަން ކުރައްވައިފި. މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މ. ހާދޫ، އަލްއުސްތާ...

21 Jan 2021 | 07:50

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބޭފުޅަކު އައްޔަން ކުރައްވައިފި.

މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މ. ހާދޫ، އަލްއުސްތާޛު ޙަސަން އިބްރާހީމް.

މި މަޤާމަށް އޭނާ ޢައްޔަންކުރައްވާފައި ވަނީ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) ގެ 88 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.

އޭނާ މި މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ 2021 ޖަނަވަރީ 20 ވަނަ ދުވަހު އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމަށް މިއަދު ޢައްޔަނުކުރެއްވި އަލްއުސްތާޛު ޙަސަން އިބްރާހީމަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

2020 މާރޗު 16 އިން ފެށިގެން އެ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމުވެސް އަދާ ކުރައްވާ ޙަސަން އިބްރާހިމް ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް