14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު ދިރިހުއްޓާ ވަޅުލައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އިންޑިޔާގެ މަދްޔަ ޕަރަދޭޝްގައި ހިނގާފައި މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ފުލުހުން ވަނީ 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
އަންހެން ކުއްޖާއަށް ހަމަލާދީ އެކުއްޖާ ގެންގޮސްފައިވަނީ އެކުއްޖާގެ ގޭ ކައިރީގައި ހުއްޓާ ކަމަށް ވެއެވެ. އެގޮތުން މެންދުރު ގޭން ނިކުތް ކުއްޖާ ހަވީރު 5 ޖެހި އިރުގައިވެސް ގެއަށް ނައުމުން އެކުއްޖާގެ އާއިލާއިން އެކުއްޖާ ހޯދަން ނިކުތް ކަމަށް އެކުއްޖާގެ މަންމަ ބުނެފައިވެއެވެ.
އަންހެން ކުއްޖާގެ ކުކުރުމުގެ އަޑަށް އަންހެން ކުއްޖާ ހޯދަމުން ދަނިކޮށް ފެނުނީ އެކުއްޖާގެ މަންމައަށެވެ. ފެނުނީ ގާތަކަކައި ކަށި ގަސްތަކެއްގެ ދަށުން ކަމުގައިވެސް އިންޑިއާ ފުލުހުން މައުލޫމާތުދީފައިވެއެވެ.
މިހާރު އަންހެން ކުއްޖާއަށް ފަރުވާދެމުން ދިޔަ ނަމަވެސް އެކުއްޖާއަށް ވަނީ ތަފާތު އެތަށް އަނިޔާއެއް ދީފައިކަމަށް އެކުއްޖާގެ މަންމަ ބުނެފައިވެއެވެ. އެގޮތުން ރޭޕް ކުރުމުގެ އިތުރުން ތަޅައި އަނިޔާކޮށް އަދި ގަލުން ތަޅާފައި ހުރި ނިޝާންތައްވެސް ހަށިގަނޑުގެ އެތަށް މިތަނުގައި ހުރިކަމަށް ހޮސްޕިޓަލުން އިންޑިއާގެ ނޫސްތަކަށް މައުލުމާތު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް