އިއްޔެއަކީ މި އަހަރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އައި ދުވަސް

2021 ޖަނަވަރީ20 ވަނަ ދުވަހަކީ މި އަހަރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އަހިސްފައިވާ ދުވަސްކަމަށް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން އިއްޔެ ރާއްޖެ އަހިސްފައި ވަނ...

21 Jan 2021 | 06:19

2021 ޖަނަވަރީ20 ވަނަ ދުވަހަކީ މި އަހަރު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން އަހިސްފައިވާ ދުވަސްކަމަށް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން އިއްޔެ ރާއްޖެ އަހިސްފައި ވަނީ1872 ފަތުރުވެރިންނެވެ. އިއްޔެ ފިޔަވައި ދެން މި އަހަރު އެންމެ މަދު ފަތުރުވެރިން އަހިސްފައިވަނީ މި މަހުގެ13 ވަނަ ދުވަހުއެވެ. އެއީ1925 ފަތުރުވެރިންނެވެ.

2021 ޖަނަވަރީ3 ވަނަ ދުވަހަކީ މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައި ދުވަހެވެ. އެދުވަހު4195 މީހުން އަހިސްފައި ވެއެވެ.

މިއަހަރު މިހާތަނަށް 57599 ފަތުރުވެރިން ރާއްޖެ އަހިސްފައިވެއެވެ. މީގެ ތެރޭގައި ރަޝިޔާ، އިންޑިޔާ، ޔޫކްރެއިން އަދި ކަޒަކިސްތާނަކީ މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަހިސްފައިވާ ހަތަރު ގައުމެވެ.

ފަތުރުވެރިން އާއްމުގޮތެއްގައި ރާއްޖެއަހިސް މަޑުކުރަނީ ރިސޯޓްތަކާއި ހޮޓެލްތަކުގެ އިތުރުން ސަފާރީ އަދި ގެސްޓްހައުސްތަކުގައެވެ.

މި އަހަރު މިހާތަނަށް15 އަތޮޅެއްގެ47 ރަށެއްގައި ގެސްޓްހައުސް ހިންގައެވެ. އެގޮތުން 303 ގެސްޓްހައުސްއަށް ފަތުރުވެރިން އަހިސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް