މާލޭ ސްވިމިން ޓްރެކުގެ އާ ޕްލެޓްފޯމް ހުޅުވާލައިފި

މާލޭ ސްވިމިން ޓްރެކްގެ އާ ޕްލެޓް ފޯމް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ. މި ޕްލެޓް ފޯމްގެ މަސައްކަތް ކޮށްފައިވަނީ މާޒިޔާ ކޮންސްޓްރަކްޝަން އިންނެވެ. މި މަސައްކަތް އެއްކޮށް ނިންމައި އެތ...

21 Jan 2021 | 05:57

މާލޭ ސްވިމިން ޓްރެކްގެ އާ ޕްލެޓް ފޯމް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.

މި ޕްލެޓް ފޯމްގެ މަސައްކަތް ކޮށްފައިވަނީ މާޒިޔާ ކޮންސްޓްރަކްޝަން އިންނެވެ. މި މަސައްކަތް އެއްކޮށް ނިންމައި އެތަން ވަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ހަވާލުކޮށްފައި އެވެ.

ޔޫތް މިނިސްޓްރު އަހުމަދު މަހުލޫފު ރޭ ވަނީ އެ ޕްލެޓްފޯމަށް ޒިޔާރަތް ކުރައްވާ އެތަން ބައްލަވާލައްވާފައި އެވެ. މިނިސްޓަރުގެ އަރިހުގައި ސްވިމިން އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޒިޔާރަތަށް ފަހު މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްވިމިން ޓްރެކުގައި އާންމުންނަށް ބޭނުންކުރެވޭނެ ސިޑިބަރިއެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅެއް ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ނިންމައި ސިޑިބަރި އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ޒުވާނުންގެ މެދުގައި މަގުބޫލު ކަމެއް ކަމަށްވާ ޑައިވް ކުރާނެ ޕްލެޓްފޯމެއްވެސް އެ ތަނުގައި ހެދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އަވަހަށް އެތަންވެސް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

https://twitter.com/AhmedMahloof/status/1352106205586472962

ސްވިމިންގ ޓްރެކްގައި ސިޑިބަރިއާއި ފާހަނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްފައިވެ އެވެ. ފެންވަރާ ވަސީލަތްތައް ގާއިމް ކޮށްފައިވަނީ ދެ ޖިންސަށް ވަކިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް