ދެއްވަދޫ ކްލަސްޓާގެ ޕޮސިޓިވް އަދަދު 78 އަށް އަރައިފި

ގއ. ދެއްވަދޫ ކޯވިޑް-19 ގެ ކްލަސްޓާއިން ބަލި ޖެހުނު މީހުންގެ އަދަދު 78 އަށް އަރައިފި އެވެ. އެ ރަށުގައި ވައިރަސް ފެތުރެމުންދާކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހޯމް ކަރަންޓީނުން ދޫކޮށްލި ކުއްޖަކު...

21 Jan 2021 | 05:46

ގއ. ދެއްވަދޫ ކޯވިޑް-19 ގެ ކްލަސްޓާއިން ބަލި ޖެހުނު މީހުންގެ އަދަދު 78 އަށް އަރައިފި އެވެ.

އެ ރަށުގައި ވައިރަސް ފެތުރެމުންދާކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހޯމް ކަރަންޓީނުން ދޫކޮށްލި ކުއްޖަކު ކޯވިޑަށް ޕޮސިޓިވްކަން ދޫކޮށްލި ފަހުން އެނގިގެން އެ ކުއްޖާ އާއި ގުޅުން ހުރި މީހުން ދެނެގަތުމަށް ޓެސްޓު ކުރަން ފެށުމުންނެވެ. އެޗްއީސޯސީން ބުނީ ދެއްވަދޫގައި ބަލި ފެތުރޭތާ ދުވަސްކޮޅެއް ވެދާނެ ކަމަށެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ކްލަސްޓާއިން އިތުރު ފަސް މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހުންނަކީ ދެއްވަދޫގައި ދިރިއުޅޭ މީހުން ކަމަށެވެ.

މިއާއި އެކު ދެއްވަދޫއިން ޕޮސިޓިވްވި އަދަދު ވަނީ 71 އަށް އަރާފައި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ކްލަސްޓާއިން މިހާތަނަށް 476 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި 1،413 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އެ ކްލަސްޓާ އާއި ގުޅިގެން މިވަގުތު މޮނިޓަރިންގައި އޮތީ ދެއްވަދޫ އާއި ދާންދޫ އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް